ނިމިދިޔަ ހަފްތާ ގަވައިދާއި ހިލާފަށް ޕާކްކުރި 776 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ގަވައިދާއި ހިލާފަށް ޕާކްކުރި 776 ވެހިކަލްގައި ވަނީ ސްޓިކާ ޖަހައިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ، ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 57 މީހަކު ހިފަހައްޓާފައިއެވެ. އަދި 417 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 99 މީހުން ވަނީ ހިފަހައްޓާފައެވެ.
މީގެއިތުރުން، 18 އަހަރުނުވާ ދެ ކުޑަކުދިންވެސް ވަނީ ސައިކަލް ދުއްވައިގެން ހިފަހައްޓާފައެވެ. ޓްރެފިކް ސައިންތަކަށް ކަމޭނުހިތާ ދުއްވައިގެން ވަނީ 14 މީހުން ހިފަހައްޓާފައެވެ.
މިދުވަސްކޮޅަކީ މާލޭގައި ވެސް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ދުވަސްވަރެކެވެ.