ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ލިބިފައިވާ ބޮލީވުޑްގެ މަޝްހޫރު އަދި ކުޅަދާނަ ބަތަލް އަމީތާބް ބަޗަން ފެނިގެންދާ ފިލްމު "ޗެހެރޭ"ގެ ޝޫޓިންތައް ފަށައިފިއެވެ.

އިންޑީއާގެ ބައެއް ބޮލީީވުޑްގެ ހަބަރުތައް ފަތުރާ ނޫސްތަކުން ބުނެފައިވާ ގޮތުގައި "ޗެހެރޭ"ގެ ޝޫޓިންތައް ވަނީ މިމަހުގެ 10 ވަނަ ދުވަހު ފަށައިފައެވެ.


"ޗެހެރޭ"ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ، އަމީތާބް ބައްޗަން، އިމްރާން ހާޝިމީ، ކްރިތީ ކަރްބަންދާ އަދި ރިއާ ޗަކްރަބަތީ އެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، "ޗެހެރޭ" މި ފިލްމު ބެލުންތެރިންނަށް ދައްކާލާނީ، މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެ ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓާ ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ ފިލުމެކެވެ. "ޗެހެރޭ" ވެގެންދަނީ ރޫމީ ޑައިރެކްޓް ކުރާ ތިންވަނަ ފިލުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *