ދިވެހި ފުލުހުންނަށް ތަމްރީންތައް ކުރިޔަށް ގެންދިޔުމަށް ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ކަމަށް ފުލުހުން ހާމަކުރައްވައެވެެ. 

އެގޮތުން ދިވެހި ފުލުހުން ތަމްރީނު ކުރަން ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އެހީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރު ސްޓެފަން ހައުސްއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. ދަތުރާ ބެހޭ ގޮތުން ފުލުހުންނާ ހިއްސާ ކުރެއްވި މައުލޫމާތު ހަމީދު މިއަދު ވަނީ މީސް މީޑިއާގައި އާއްމު ކޮށްފައެވެ.

"ސްޕެޝަލިސްޓް، އިންވެސްޓިގޭޓިވް އަދި ކޮމިއުނިޓީ ޕޮލިސިންގެ ދައުރަށް އަޅުގަނޑުމެންގެ އޮފިސަރުން ތަމްރީނު ކުރަން މެޓް އޮފިސަރުން (ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އޮފިސަރުން) ފޮނުވުމާ ބެހޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދެއްކިން،" ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ފުލުހުންނަށް ހަމީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ލަންޑަން ފުލުހުންގެ ކަމިޝަނަރާ ބައްދަލު ނުކުރެއްވުނީ ޔޫކޭ ޕާލަމެންޓަށް ޖަވާބުދާރީވާން އޭނާ ވަޑައިގަންނަވަން ޖެހުމުންނެވެ.

މީގެ އިތުރުން ލަންޑަން މެޓް ފުލުހުންނާ ގުޅިގެން ހިންގާ ހަރަކާތްތައް ފުޅާ ކުރައްވައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުުރުމުގައި އެ އިދާރާ އިން ދިވެހި ފުލުހުންނަށް ކުރި އެރުން ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނުގެ އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *