މާލޭގައި ބާވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ އިމާރާތްތަކުގެ ކަންކަން ސިޓީ ކައުންސިލުން އަންނަނީ ބަލަމުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

"ވެށިފަހި މާލެ ޕްރޮގްރާމާއި އެނޫން ގޮތް ގޮތުން ދައުލަތާ ހަވާލުކޮށްފައިވާ ބައެއް ތަންތަން އެބަހުރި. އެފަދަ ތަންތަނުގެ މައްސަލަ ހައްލު ކުރަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެކަމަކު އާއްމުންގެ ގޭގެ އަށް އަޅުގަނޑުމެންނަށް ގޮތެއް ނުހެދޭނެ. އެކަން ކަމަށް ގާނޫނުތައް ބޭނުންވޭ. އެ ގާނޫނުތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ބާ އިމާރާތްތަކުގެ މައްސަލަ ހައްލު ކުރުމުގައި ގާނޫނެއް ނެތުމުގެ އިތުރުން ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގެ ވެރިންނާ މުއާމަލާތް ކުރުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ތަންތަނުގެ ވާހަކައެއް ނޫން އެކަމަކު ބައެއް ތަންތަނުގެ ވެރިން ނުވެސް އުޅޭ މާލެއަކު، ދެން އެބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރުން ވެސް މި އޮންނަނީ ވަރަށް ދަތިކަމަކަށްވެފައި،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ބާ އިމާރާތްތަކުގެ މައްސަލަތައް ރަސްމީކޮށް ބެލުމަށް ޓަކައި ރައްޔިތުން އެފަދަ މައްސަލަތައް ރަސްމީކޮށް ރިޕޯޓް ކުރުން ވަރަށް މުހިއްމު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *