ދިވެހިންނަކީ ކެއުމަށް ކަނޑުމަސް ވެސް އަދި ހަމައެހެންމެ ކުކުޅުމަސް ވެސް ޢާއްމު ގޮތެއްގައ ބޭނުންކުރާ ބައެކެވެ. މިގޮތުން ތާޒާ ކަނޑުމަސްވެސް ފިނިކޮށް ގަނޑުކޮށްފައިވާ ކަނޑުމަސްވެސް ދިވެހިން ބޭނުން ކުރެއެވެ. އަދި ތާޒާ ކުކުޅުވެސް ރަށުން ހިފައިގެން އެ ރޯ ފިލުވައިގެން ބޭނުންކުރުމުގެ އިތުރުން ރާއްޖެއަށް ބޭރުން އެތެރެކުރާ ގަނޑުކުރި ކުކުޅުވެސް ދިވެހިން ބޭނުން ކުރެއެވެ. މި ގޮތުން ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެ އެއް ކަމަކީ ކަނޑުމަހަކީ އޭގެ ޒާތުގައި ނުބައި ވަހެެއް ދޭ އެއްޗަކަށް ވާއިރު ކުކުޅުމަހުން ވަކި ނުބައި ވަހެެއް ނުދޭ ކަމެވެ. މިހެން މި ދިމާވާ ސަބަބާއި ދޭތެރޭ ވިސްނައިލިންހެއްޔެވެ؟
ދެ ވައްތަރުގެ މަސްވެސް ފްރިޖްގައި ބަހައްޓައިގެން ގަނޑުކުރަނީ ކީއްވެ؟
ޖަނަވާރުންނާއި މަސްމަހާމެހީގެ ހަށިގަނޑުގެ ނިޒާމުތައް މަސައްކަތްކުރާ ގޮތުން، އެ ތަކެތި މަރުވުމަށްފަހުގައިވެސް އޭގެ ހަށިގަނޑުގަައި ސެލްތައް ހަލާކުވެ ބޭރުވުމާއި އާ ސެލްތައް އުފެއްދުމަށް ޖާގަ ދިނުމުގެ ނިޒާމު ކެނޑިނޭޅި ކުރިއަށް ދެއެވެ. މި ކަންތަކުގެ ތެރެއިން އެންޒައިމްތައް ހަލާކުވެ ބެކްޓީރިއާތައް ގިނަވަމުން ދެއެވެ. 4 ޑިގްރީ ސެލްޝިއަސް ގެ ހޫނުމިނެއްގައި ފްރިޖްއަށް ލައިފައި ބެހެއްޓުމުން މި ތަކެތީގެ ހަށިގަނޑުގެ ތެރޭގައި މިކަންކަން ހިނގާ ދުވެލި ލަސްވެގެންދެއެވެ. ފިނިވުމުގެ ސަބަބުން ބެކްޓީރިއާ އުފެދުން ލަސްކޮށްދިނުމުގެ އިތުރުން އެންޒައިމްގެ ހަރަކާތްތައް އިތުރުކޮށްދިނުމުގެ ސަބަބުން މަހުން ވަސްދުވާ ވަރު މަޑުވެއެވެ.
ކުކުޅުމަހުން ނުބައިވަސް ނުދުވާ ކަނޑުމަހުން ނުބައިވަސް ދުވަން މެދުވެރިވަނީ ކީއްވެ؟
ކުކުޅަކީ އޭގެ ހަށިގަނޑުގައި ހޫނު ލޭ ދައުރުވާ ޖަނަވާރެކެވެ. އަދި ފިނީގައި ބެހެއްޓުމުން އޭގައި ހިނގާ ބަޔޮލޮޖިކަލް ނިޒާމުތައް ލަސްކުރުވައެވެ. ނަމަވެސް ކަނޑުމަހަކީ އޭގެ ހަށިގަނޑުގައި ފިނި ލޭ ދައުރުވާ އެއްޗެކެވެ. މޫދުގައި މަސް ދިރިއުޅޭ މައިގަނޑު ސަބަބަކީވެސް މިއީއެވެ. ފްރިޖްއަށް ލައި ފިނިކުރުމަކީ މަސް މަރުވުމަށްފަހު އޭގެ ހަށިގަނޑުގައި ހިނގާ ނިޒާމުތަކަށް ވަކި ބޮޑު ބަދަލެއްވެސް، އެ ނިޒާމުތައް ލަސްކޮށްދިނުމެއްވެސް ނުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ފްރިޖްގައި ބެހެއްޓުމުންވެސް މަހުގައި ބެކްޓީރިއާ އުފެދި އެއިން ކުނިވަސް ދުވާ ގޮތްވެއެވެ.
ކުކުޅުމަސް ވިޔަސް ކަނޑުން ވިޔަސް އެ ތަކެތި ކެއްކުމުން ދުވާ ނުބައިވަސް ފިލައިދާނެއެވެ. މިކަން މިހެން ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ކެއްކުމުގެ ސަބަބުން މަސްތަކުގައި އުފެދިފައިހުންނަ ބެކްޓީރިއާ އަދި ޖަރާސީމުތައް ނެތިގެންދާތީއެވެ.