ދީނީ ފިކުރުތަކުން ހައްދު ފަހަނައަޅާ ދިޔުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަަވަމުން މާރިޔާ ވިދާޅުވީ، ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެފަދަ ފަރާތްތައް ރިހެބިލޭޓް ކުރުމަށް ހާއްސަ ޕްރޮގްރާމްއެއް ފަރުމާކޮށް، އަމަލު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ހާއްސަކޮށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ޑިޒައިންކޮށް، ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން" އެ އިންޓަވިއުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވި އެވެ. 

މީގެ އިތުރުން ލަންކާގެ ހަމަލާއި ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ފެނޭތޯ ސުވާލުކުރުން އެކަމަނާވަނީ އެފަދަ ނުރައްކަލެއް ރާއްޖެއަށް އޮތް ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، އެހެންނަމަވެސް އެފަދަ ކަންތަކަށް ރާއްޖެއިން ތިބޭނީ ތައްޔާރުވެގެންކަން މާރިޔާ ވަނީ ފާހަގަކޮށްފައެވެ. 

އެގޮތުން ދިވެހި އަސްކަރިއްޔާ އާއި ސެކިއުރިޓީ އިދާރާތަކުން ދަނީ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ ގާބިލްކަން އިތުރު ކުރުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދަމުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. 

"މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ވަނީ ހާއްސަ އެމެޖެންސީ ރެސްޕޯންސް ތަމްރީންތައް ހިންގާ އެކި ހާލަތްތަކަށް ތަމްރީންވެފައި،" އެކަމަނާ ވިދާޅުވި އެވެ. 

ނަމަވެސް މިނިސްޓަރ މާރިޔާ ވިދާޅުވީ އަދުގެ ދުނިޔޭގެ ހާލަތައް ބަލާފައި ދުނިޔޭގައި އެފަދަ ނުރައްކަލެއް ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ. 

"މިއަދު ދުނިޔޭގެ ހާލަތައް ބަލާއިރު ނުބުނެވޭނެ ސީދާ ޔަގީންކަމާއި އެކު ދުނިޔޭގައި އެފަދަ ނުރައްކަލެއް ނެތޭ. ރާއްޖެއަށް އެފަދަ ހަމަލާއެއްގެ އޮތް ކަމަށް އަދިއެއް ނުފެނޭ. ނަމަވެސް ސިފައިންނާއި ފުލުހުން ގުޅިގެންދަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެކި ޕްރޮގްރާމްތައް ހިންގަމުން"  މިނިސްޓަރ ވިދާޅުވިއެވެ.

ދާދި ފަހުން ވަނީ ސަރުކާރުގެ އިސްވެރިން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އެމްއެންޑީއެފްއިން ހާމަ ކުރިގޮތުގައި އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

ދާދިފަހުން ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ރާއްޖޭގައި ޓެރަރިޒަމާ ގުޅުންހުރި އަމަލުތަކެއް ހިންގާ ކަމަށް ބެލެވޭ ނަމަ، އެކަމެއް ރިޕޯޓް ކުރަން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ވެސް ވަނީ އެދިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *