ގދ.ހުރުވާރުލުގައި 150 ކިލޯގްރާމުގެ މަސްތުވާތަކެތި ވަޅުލާފައިހުއްޓައި ފެނުން މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަކަށް ހަތް ދުވަސް އިތުރުކޮށްފިއެވެެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުން ކްރިމިނަލް ކޯޓުން އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މީގެ ކުރިން ގދ. ގައްދޫ ކޯޓުން އަމުރުކޮށްފައިވަނީ ހައްޔަރު ކުރި 5 މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖެހުމަށާއި، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަނެއް ހަތަރު މީހުން ބަންދުގައި ބެހެއްޓުމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަން ފުލުހުން ހިންގައިފައިވަނީ 72 ގަޑިއިރު މެދުކެނޑުމެއްނެތިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *