ކިމް ކާޑޭޝިއަން ހަތަރު ވަނަ ދަރިއަކު ލިބިއްޖެއެވެ.
ކިމް މިކަން ހާމަކޮށްފައިވަނީ ޓުވިޓާ މެދުވެރިކޮށެވެ. އެ ޓުވީޓުގައި މިފަހަރު ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާ އެންމެ ވައްތަރީ އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅު ކަމަށްވާ، ޝިކާގޯ އާއި ކަމަށެވެ.
ކިމްގެ ހަތަރުވަނަ ހޯދާފައިވަނީ ޝިކާގޯ ފަދައިން ސަރޮގޭޓް މެދުވެރިކޮށެވެ. ކިމްގެ ހަތަރު ވަނަ ދަރި ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިހާތަނަށް އަދި ކިމްގެ ހަނގު ދަރީގެ ފޮޓޯއެއް އާންމުކޮށްފައެއް ނުވެއެވެ.
މިއުޒިޝަން ކާންޔޭ ވެސްޓާ އާއި ކައިވެނިކޮށްގެން އުޅޭ ކިމް ގެ ހަތަރު ދަރިން ހުރެއެވެ.
އެލެން ޑިޖެނެރެސްއަަށް ޓޯކްޝޯއަށް އަރާ ކިމްގެ ދައްތަ ކޯޓްނީ ކާޑޭޝިއަންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެެެވެ. ކިމްގެ މަންމަ ކްރިސް ޖެނާއަށްވެސް އެކަން އެނގުނީ އެ ހިސާބުންނެވެ.