ބެލުންތެރިންގެ މެދުގައި މަގުބޫލް ފިލްމެއް ކަމަށްވާ "ހައުސްފުލް"ގެ ހަތަރު ވަނަ ބައި މިއަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަަޖައްސައިފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "ހައުސްފުލް 4"ގެ ޝޫޓިންތައް މިމަހު ނިންމާލާނެއެވެ. ހައުސްފުލްގެ ހަތަރު ވަނަ ބައިގެ ޝޫޓިންތައް މިމަހު ފަހުކޮޅު ނިންމާލާ ގޮތަށް ތާވަލުކޮށްފައިވާއިރު، އެފިލްމުގެ ކާސްޓަށް ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ވަނީ ގުޅިފައެވެ.

"ހައުސްފުލް 4" އަކީ ސާޖިދު ހާން ޑައިރެކްޓް ކުރަމުން ދަނިކޮށް، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ތުހުމަތުކާ ގުޅިގެން މިހާރު އެ ފިލްމުގެ ސްކްރީންރައިޓަރު ފަރުހާދު ސަމްޖީއާ ޑައިރެކްޝަން ހަވާލުކޮށްފައިވާ ފިލްމެކެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސް ކުރާ "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް، ޕޫޖާ ހެގްޅޭ، ރާނާ ދަގޫބަތީ އަދި ބޮމަން އިރާނީ ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *