ކުޅިވަރު
ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ ކައިރިން އެއްވަރު ވުމުން، މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައިވެސް ޔުނައިޓެޑަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ނަމަވެސް، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް އެންޓޮނީ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.

މެޗުން މޮޅުވާން ޔުނައިޓެޑުން މަސައްކަތް ކުރިނަމަވެސް، ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބާންލީ އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. އެއީ ޔުނައިޓެޑުގެ ކީޕަރު އޮނާނާ، ބޯޅަ ޕަންޗް ކޮށްލަން އުޅުމުގެ ތެރޭގައި، ބާންލީ ކުޅުންތެރިއެއްގެ މޫނުމަތީގައި ޖެހުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ބާންލީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ޒެކީ އަމްދޫނީ އެވެ.

މިއާއެކު ޔުނައިޓެޑުގެ ހާލަތު ވަނީ ގޯހުން ގޯހަށް ގޮސްފަ އެވެ. ފެބުރުވައީގެ ފަހުން، ވިދިވިދިގެން ދެ ލީގު މެޗުން ޔުނައިޓެޑަށް މޮޅުވެވިފައެއް ނުވެ އެވެ. އެންމެ ފަހު ނުވަ މެޗުން އެންމެ 10 ޕޮއިންޓު ލިބިފައިވާއިރު، 17 ގޯލު ވަނީ ޔުނައިޓެޑު ކޮޅަށް ވަދެފަ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ހަ ވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އެސްޓަން ވިލާ އޮތީ 67 ޕޮއިންޓާއެކު އެވެ. ބާކީ ހަތަރު މެޗު އޮތުމުން، ޔުނައިޓެޑަށް ހަތަރު ވަނަ އަށް އެރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top