ހައްދުފަހަނަ އަޅައިފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ގެންގުޅު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މި ދެ މީހުންގެ ބަންދު އެންމެ ފުރަތަމަ ޖެހީ މިދިޔަ މަހުގެ 27 ގައެވެ. އެއިރު ބަންދަށް ޖެހީ 13 ދުވަހަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ލަންކާ އިން ބޭނުންވާ ސެކިއުރިޓީ ކްލިއަރަންސް ނުލިބުމުންނެވެ.
މިދިޔަ މަހު ލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ހާދިސާ އަށް ފަހު އެކި މައްސަލަތަކުގައި ހައްޔަރު ކުރި ދިވެހިންގެ ތެރެއިން މިހާރު ވެސް ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ފަސް މީހަކު އެބަތިއްބެވެ.