އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ"ގެ ވެރިޔާގެ މަގާމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އައްޔަނުކޮށްފިއެވެ.

މުހައްމަދު ޝަހީމަށް އެ މަގާމު ދެއްވީ، އެބޭފުޅާ ކުރިން ފުރުއްވަމުން ގެއްދެވި، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގެ އިތުރުންނެވެ. 

"ވޮއިސް އޮފް ވިސްޑޮމް ސެންޓާ" އަކީ އޯއައިސީގެ ފިކުރީ ގޮތްޕެވެ. އެ ގޮފީގެ މަގުސަދަކީ އިސްލާމީ ރިސާލަތު ދުނިޔެ އަށް ހާމަކޮށް މެދުމިންކަން ޕްރޮމޯޓް ކުރުމާއެކު ހަރުކަށި ކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި އިސްލާމްދީނުގެ ރީތި ސޫރަ ދުނިޔެއަށް އާއްމުކުރުމެވެ.

އެ ގޮފީގެ މީސް މީޑިއާ އެކައުންޓްތަކުން މިއަދު ވަނީ އަރަބި ބަހުންނާއި އިނގިރޭސި ބަހުން މާލޭގެ ހުކުރު މިސްކިތާ ބެހޭ މައުލޫމާތުތައް ޕޯސްޓް ކޮށްފަ އެވެ. 

އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެބޭފުޅާގެ މަގްސަދަކީ، ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ހުކުރު މިސްކިތް ދުނިޔެއަށް ޕްރޮމޯޓް ކުރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *