މިއަހަރުވެސް ރާއްޖެއަށް 2,000 ހައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބް ޝާފިއު އަލީ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ވަަފުދެއް ދާދި ފަހުން ސައުދީއަށް ޒިޔާރަތް ކުރި ކަމަށާއި އެ ޒިޔާރަތުގައި ސައުދީން ވަނީ ހައްޖަށް ދިއުމަށް 1000 ކޯޓާ ރާއްޖެއަށް އިތުރަށް ލިބޭނެކަމުގެ ޔަގީންކަން އަރުވާފައި ކަމަށެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގައިވެސް ހައްޖަށް ދިއުމަށް ރާއްޖެއަށް ސައުދީން ދޫކުރަނީ 1،000 ކޯޓާއެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ސައުދީން ދަނީ 1،000 ކޯޓާ އިތުރަށް ރާއްޖެއަށް ދެމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބް ޝާފިއު އަލީ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ދޫކޮށްފައިވާ 1،000 ކޯޓާގެ ދަށުން ކޯޓާގެ އެކި ކުންފުނިތަކަށް ދޫކުރާ ކޯޓާތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރައްވާނެ ކަމަށާއި އަދި ބާކީ 1،000 ކޯޓާވެސް ވަރަށް އަވަހަށް ހަމެޖެހިގެން ދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *