ހުޅުމާލޭގައި މިއަދު ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، އެތަނުން އެއް ސައިކަލް ދުއްވަން އިނީ 18 ނުވާ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެތަނުން އެއް ސައިކަލް ދުއްވަން އިނީ، 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އަދި އެ ކުޑަކުއްޖާ ދުއްވަން އިން ސައިކަލް ފަހަތުގައި އިނީ 14 އަހަރުގެ ކުޑަކުއްޖެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާގެ ވާތު އުޅަނބޮއްޓާއި ކަނާތު ކުޑަހުޅު މަތިންނާއި އަދި މޫނުގެ ދެ ތަނަކުން މަށައިގެން ގޮސްފައިވާ ކަމަށާއި އަދި އެކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި 4 ގަޑިއިރު ވަންދެން އޮބްޒަވޭޝަންގައި ބޭއްވި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފަހަތުގައި އިން 14 އަހަރުގެ ކުއްޖާގެ ކަނާއަތު ކަށިއިނގިލީގެ ހުޅުމަތިންނާއި އަދި ވާއަތުގެ އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އެކްސިޑެންޓްގައި ދެވަނަ ސައިކަލް ދުއްވަން އިން ޕިއްޒާ ބޯނާގައި މަސައްކަތް ކުރާ ބިދޭސީ މިހާގެ ވެސް ވަނީ ވާއަތު އުޅަނބޮއްޓާއި ވާއަތު ފައިގެ ކަކުލާއި ކުޑަ ހުޅު ކައިރިން މަށައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

17 އަހަރުގެ ކުޑަކުއްޖާ ދުއްވަން އިން ސައިކަލުގެ ކުރީކަވަރާއި ވަށިގަނޑު ހަލާކުވެފައިވާ ކަމަށާއި ނަމަވެސް އެ ބިދޭސީ މީހާ ދުއްވަން އިން ސައިކަލަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަދު ހުޅުމާލޭގައި ހިނގި އެ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ޕިއްޒާ ބޯނާ ޑެލިވަރީ ސައިކަލުގައި އެ ދެކުޑަކުދިން ދުއްވި ސައިކަލު ޖެހިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *