ހުޅުމާލޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އެކްސިޑެންޓް ހިނގީ، ޕިއްޒާ ބޯނާގައި މަސައްކަތް ކުރާ ބިދޭސީއަކު ދުއްވަން އިން ވޭވް ސައިކަލެއްގައި ފަހަތުން އައި އެއާބްލޭޑް ސައިކަލެއް ޖެހިގެންނެވެ. އެއާބްލޭޑް ދުއްވަން އިނީ ދިވެއްސެކެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ބޮޑުމަގުގައި ހުންނަ ޕީޕީއެމް އޮފީސް ކަންމަތީގައިއެވެ.

އެ އެކްސިޑެންޓްގައި އެއާބްލޭޑް ސައިކަލުގައި ދެ ދިވެހިން ތިބިއިރު އޭގެ ތެރެއިން ފަހަތުގައި އިން މީހާ ވެއްޓި މަގުގައި ބޯޖެހުމުން އޭނާ ވަނީ ހޭނެތިފަ އެވެ. އޭނާގެ ހާލު ސީރިއަސް އެވެ. އަދި އޭނާ އަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ބިދޭސީ މިހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. 

އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *