ކުޑަކުދިންނަކީ ބާރުވެރި ބަޔަކަށް ހެދުމަށް ޖެންޑާރ މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ޚިތާބެއްގައި ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ކުުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އޭގެ ތެރެއިން ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމައް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޖެންޑަރ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ހޭލުތުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "ކުޑަކުދިން ބާރުވެރިކުރުން" ކަމަށާއި، އެ ޝިއާރާއި އެއްގޮތަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މި މަސައްކަތުގައި ދައުލަތުގެ އިތުރުން މުޖްތަމައުގެ ޒިންމާ ބޮޑު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުޑަކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވަމުން ދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދޭން ޖެހޭ." މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރު، އެ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ފޮސްޓަރކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *