އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ މީހުން، އެ މިސްކިތުގެ ގޯތި ތެރޭގައި ހުރި މާބުލްތައް މަތީ ވެހިކަލް ޕާކްކުރާތީ އެކަން ހުއްޓުވުމަށް އެ ސަރަހައްދުގައި ވަގުތީ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ވަގުތީ ޕާކިން ޒޯން ހަދަމުން އަންނަނީ ކަޅުވަކަރު މިސްކިތް އެޅުމަށް ހުސްކޮށްފައިވާ ކުރީގެ ދިރާގު ހެޑް އޮފިސް ހުރި ބިމުގައެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، އޮންލައިން ނޫހެއްކަމަށްވާ "މިހާރު"އަށް ވިދާޅުވީ އެ ޕާކިން ޒޯނަކީ އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ މީހުންނަށް ހާއްސަ ތަނެއް ކަމަށެވެ. އެ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރާނީ ރޯދަ މަސް ނިމެންދެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މާބުލްތައް މަތީ ޕާކްކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވެއްޓުން ފަދަ ކަންކަން ދިމާވޭ. އެކަން ހުއްޓުވުމަށް ޕާކިންނެއް ހެދުމުގެ މަސައްކަތް މިކުރަނީ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ އެ ޕާކިންގ ޒޯން ވަރަށް އަވަހަށް ޕާކު ކުރުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިހާރު އަންނަނީ މާފަންނުއާގެ އިން ދައުލަތަށް ލިބިފައިވާ ބައިގައިވެސް ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *