ފުޑްކޯޓުގައި ހުންނަ "ޓީ ޖެޓީ" އިން ރޯދަވީއްލައިގެން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އެތަނުން ހުޅުވާލައިފި އެވެ.

އެސްޓީއޯ ފުޑްކޯޓުގެ ޔުނިޓް 19ގައި "ޓީ ޖެޓީ" ހުންނަ އިރު، ކެފޭގެ ނަމާއި އެ ސަރަޙައްދާއިވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެ ސަރަޙައްދަކީ މުދާ ހުސްކޮށް ބޭލުމަށް ބޭނުންކުރާ ޓީ ޖެޓީ ސަރަޙައްދަށްވެފައި އެ ކެފޭގެ ނަން އެ ނަމާއި ގުޅުވާލާފައިވާކަން ފާހަގަކޮށްލެވެ އެވެ. 

ޓީ ޖެޓީގެ ފައުންޑަރ އަބްދުއްﷲ ވަހީދު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓީ ޖެޓީއިން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބިމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށްވެފައި، އެތަނުން ރޯދަވީއްލައިގެން އެފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.

ކޮންމެވެސް އެއް ފަރާތަކަށް މި ފުރުސަތު އޮންނައިރު "ޓީ ޖެޓީ"ގެ އިފްތާރު މެނޫ އިންސާފުކޮށްލުމުގެ ދައުވަތު ދެއްވާކަމަށްވެސް ޢަބްދުﷲ ވަޙީދު ވިދާޅުވި އެވެ. 

ޓީ ޖެޓީގެ އިފްތަރު މެނޫ އަކީ ތަފާތު ގިނަ ރަހަތަކެއްގެ ބާވަތްތައް އެކުލެވޭ މެނޫއެކެވެ. އެގޮތުން މެދުއިރުމަތީގެ މީހުންނަށާއި، ޔޫރަޕްގެ މީހުންނަށާއި އަދި މިހެންގޮސް ތަފާތު ޤައުމުތަކުގެ ކާނާ އެތަނުގެ އިފްތަރު މެނޫގައި ހިމެނިފައިވެ އެވެެ.

ރޯދަ ވީއްލުމަށް ޚާއްސަ ދެ މެނޫއެއް "ޓީ ޖެޓީ"އިން ވަނީ އާންމުކޮށްފަ އެވެ.  އެއް މެނޫގެ އަގަކީ ބޮލަކަށް 180ރ އެވެ. އަނެއް މެނޫގެ އަގަކީ ބޮލަކަށް 200ރ އެވެ. 200ރ ގެ މެެނޫގައި ތަަފާތު ރަހަތަކުގެ ގިނަ ބާވަތްތަކެއް ހިމެނޭ ކަމަށާއި، އަދި އަގު ހެޔޮ މެނޫވެސް ތަފާތު ވާނޭކަމަށްވެސް ޢަބްދުﷲ ވިދާޅުވި އެވެ.

ޓީ ޖެޓީ އިފުތާރު މެނޫ ޚާއްސަ ވާ އަނެއް ކަމަކީ މޭޒަށް ޚިދުމަތްދިނުމުގެ އިތުރުން ބުފެޓު ޚިދުމަތްވެސް ލިބުމެވެ. އަދި 10 މީހުންނަށް ވުރެ އިތުރުވާ އޯޑަރ ތަކަށް 10 އިންސައްތަ އާއި 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. ޓީ ޖެޓީ އިފުތާރު މެނޫ ރިޒަރވޭޝަން ހެއްދުމަށް 7351234 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބިގެން ދާނެކަމަށާއި، ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 2:00އާއި ހަމައަށް އޯޑަރ ނަގާނޭކަމަށްވެސް ޓީޖެޓީން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *