ޖުމްހޫރީ ޕާޓީގެ ހުރިހާ ގްރޫޕަކުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމިއްލަފުޅަށް ބޭރުވެވަޑައިގަތް ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ބުނެފައިވާ ބުނުން އެ ޕާޓީން ދޮގުކޮށްފިއެވެ.
ޖުމްހުރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ޖުމްހުރީ ޕާޓީގެ ހުރިހާ ގުރޫޕްތަކުގައި ވެސް ގާސިމް ޖަރުމަނުގައި އުޅުއްވި އިރު ގެންގުޅުއްވި ނަންބަރު އިންނާނެ ކަމަށާއި، އަދި އެ ގުރޫޕް ތަކުން "ރިމޫވް" ކޮށްފައިވަނީ އެ ނަންބަރު ކަމަށެވެ. އަދި ގާސިމްގެ ލޯކަލް ނަމްބަރ އަދިވެސް ހުރިހާ ގުރޫޕްތަކުގައި އެކްޓިވްކޮށް އުޅޭނެކަމަށެވެ.
އަދި ރާއްޖޭގެ ނޫސްވެރިން ޚަބަރު ފެތުރުމުގައި މިހާރަށްވުރެ ސަމާލުވެ ޚަބަރު ފަތުރާއިރު ތެދު ތެދުދޮގު ބެލުމަށްވެސް އަލީ ޞޯލިހް ވަނީ ގޮވާލައްވާފައެވެ.