ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކާނިވާ ސަރަހައްދުގައި ހިންގާ ޕެޓްރޯލް ޝެޑުގެ ކައުންޓަރުގެ  ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އެ ހާދިސާ ހިނގީ ޝެޑް ބަންދުކޮށްފައި ހުރި ވަގުތެއްގައި ޕެޓްރޯލް އަޅަން އައި މީހަކަށް ޕެޓްރޯލް އަޅައި ނުދިނުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕެޓްރޯލް ޝެޑްގެ ކައުންޓަރގެ ބިއްލޫރިގަނޑުވަނީ ވަރަށް ބޮޑަށް ތަޅައިލައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައ އެމީހާ ބިއްލޫރިގަނޑު ތަޅާލައިފައިވަނީ ހެލްމެޓަކުން ޖަހައެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. ނަމަވެސް ފުލުހުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *