ރާއްޖޭގައި ހިންގާ މީޑިޔާތަކުގެ ދަފްތަރެއް އެކުލަވާލުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

އެމްއެމްސީން ބުނީ މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ މީޑީޔާތައް ތަރައްގީ ކުރުމަށް ހަރުދަނާ އުސޫލެއް ގާއިމުކުރުމަށާއި، މީޑިޔާތަކުގެ ދަފްތަރެއް އެކުލަވާލުމަށް ދެ ފަރާތުން މަސައްކަތް ކުރުމަށާއި، ގާނޫނީ ގޮތުން މީޑިޔާ ކައުންސިލަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ކަންތައްތައް ނައްތާލަން ކުރެވިދާނެ ކަންކަމާއި، މީޑިޔާތައް ރެގިއުލޭޓް ކުރުމަށް ހަރުދަނާ އުސޫލެއް އެކުލަވާލުމާ ބެހޭގޮތުން ކަމަށެވެ.

މީގެ އިތުރުން އެ މަސްވަރާ ބައްދަލުވުމުގައި  މީޑިޔާ ކައުންސިލުން ރަށް ރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ އެޑްވޮކަސީ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ވަނީ މަސްވަރާކޮށްފައެވެ.

އަދި މީޑިޔާ ކައުންސިލްގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަށްވެސް ބައްދަލުކުރުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މީޑިޔާ ކައުންސިލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެކްނިކަލް ލެވެލްގެ އިތުރު މަޝްވަރާތަކާއެކު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *