9 މޭ 2019، ޑާކާ، ބަންގްލަދޭޝް: ފިރިމީހާގެ ހުއްދަ ހޯދުމަކާއި ނުލައި އަނބިމީހާ ޑިގްރީއަށް ކިޔަވަން އުޅުމުން އޭނާގެ ކަނާއަތުގެ ހުރިހާ އިނގިއްޔެއް ބުރިކޮށްލައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާއަށް އުފަން އުމުރުން 21 އަހަރުގެ ހައްވާ އަކްތަރްގެ އަތުގެ އިނގިލިތައް ބުރިކޮށްލައިފައިވަނީ އޭނާގެ ފިރިމީހާ ރަފީއުލް އިސްލާމް،31 އެވެ.

ބަންގްލަދޭސްގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ރަފީއުލް އިސްލާމް އޭނާގެ އަނބިމީހާ އަކްތަރުގެ އިނގިލިތައް ބުރިކޮށްލައިފައިވަނީ އޭނާގެ ހުއްދަ ނެގުމެއް ނެތި އަކްތަރު ޑިގްރީއަށް ކިޔަވާތީ އެކަމާއި ހަސަދަވެރިވެގެންނެވެ.

ހައްވާ އަކްތަރާއި ހަވާލާދީ އެގައުމުގެ ފުލުހުން ބުނެފައިވަނީ، އޭނާގެ ފިރިމީހާ، ރަފީއުލް އިސްލާމް، އޭނާގެ  ކަނާއަތުގެ ފަސް އިނގިލި ބުރިކޮށްލައިފައިވަނީ ސަޕްރައިޒްއެއް ދޭން ކަމަށް ބުނެ ކަނުބަނދެފައި ދެއަތް އެއްސުމަށް ފަހުގައި ކަމަށެވެ.

އަދި އޭނާގެ ފިރިމީހާއަކީ ގްރޭޑް އަށެއްގެ ފެންވަރުގެ މީހެއް ކަމަށްވެސް އަކްތަރު ބުނެފައިވެއެވެ.

އަކްތަރުގެ އިނގިލިތައް ބުރިކޮށްލި މައްސަލައި ރަފީއުލް އިސްލާމް ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި މެދު އަދި އެއްވެސް ހުކުމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށްދޭ ޖަމިއްޔާތަކުން ވަނީ ރަފީއުލް އިސްލާމަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *