އުރީދޫ މޯލްޑިވްސްގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ ކުންފުނީގެ އެ ޗެއާމަނަކަށް އިސްކޮށްފައިވަނީ ޑޭމިއަން ފިލިޕް ޗެޕަލްއެވެ. އަދި އުރީދޫގެ އިންޑިޕެންޑެންޓް ބޯޑު ޑައިރެކްޓަރގެ މަގާމްވެސް ފުރުއްވަމުން ގެންދަވަނީ އޭނާއެވެ. 

އުރީދޫއިން ހާމަަކުރައްވާ ގޮތުގައި ޗެޕަލް އެމަގާމަށް އައްޔަން ކޮށްފައިވަނީ އުރީދޫގެ މައި ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް އިންނެވެ.

ދާދި ފަހުން، އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އައްޔަން ކޮށްފަ އެވެ. އާ މެނޭޖިން ޑިރެކްޓަރަކަށް ނަޖީބު އައްޔަން ކުރީ އެ މަގާމާއި އެ ކުންފުނީގެ ޗެއާމަންގެ މަަގާމުގައި ހުންނެވި ޚާލިދް އިބްރާހިމް އަލް މަހްމޫދް އެ ދެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އުރީދޫން ހާމަކުރައްވާ ގޮތުގައި ޗެޕަލް އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. 

އޭނާ އަކީ މުވާސަލާތުގެ ދާއިރާ އިން 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އޮސްޓްރޭލިއާގެ ރައްޔިތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *