މި އަހަރުގެ ދެވަނަ ޓާމްއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެެ. 

އެ ގޮތުން އެޑިޔކޭޝަން މިނިސްޓްރީން ކުރި އިއުލާންގައ ބުނެފައި ވަނީ ބާކީ ހުރި 188 ސްކޫލުގެ ދަރިވަރުންނަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތާ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށް ނަން ހުށަހަޅަންޖެހެއެވެ. ނާސްތާ ފޯރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާންގައި ވެއެވެ. 

ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ އެކު، އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ދޭން ވަނީ ފަށައިފައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެވަނަ ޓާމުން ފެށިގެން ކަމަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *