ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އެމްޓީސީސީގެ ބަހެއްގެ ދަށުވެ ޔޫކްރެއިންގެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަސް ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވަނީ މީގެކުރިން އޭނާ ބަންދަށް ޖެހި ތިން ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އެ އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ޔޫކްރެއިން އަންހެނެކެވެ. އެ ހާދިސާ ހިނގާފައިވަނީ ބަަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ބަސް ކޮންޓްރޯލްނުވެ ގޮސް މަގުގެ އަރިމަތިން ހިނގާފައި ދިޔަ އަންހެން މީހާގެ ގައިގައި ޖެހިގެންނެވެ. 

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިންނެވެ.

މަރުވި އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާއިރު، އޭނާގެ އާއިލާ އިން މިހާރު ގެންދަނީ އޭނާގެ ހަށިގަނޑު ޔޫކްރޭނަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *