ހުޅުމާލޭގައި ދުއްވާ އެމްޓީސީސީ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް އެ އެކްސިޑެންޓްގެ ސަބަބުން ވަނީ ކަރާށާއި އަދި އެމްޓީސީސީގެ ބަހަށްވެސް އެކި ގެއްލުންތައް ލިބިފައެވެ.
ދުއްވަމުން ދިޔަ ކާރެއްގައި ފަހަތުގައި ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ގެއްލުންތަކެއް ވަނީ ވެފައެވެ.
ހޯމަ ދުވަހު ވެސް ވަނީ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެނެއް ނިޔާވެފައެވެ.
އެމްޓީސީސީ ބަހާއި ކާރަކާއި ޖެހި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.