ރާއްޖޭގައި ފްލޯޓިން އައިލެންޑު މަޝްރޫއު ހިންގަން، އަނެއްކާ ވެސް ސޮއިކޮށްފި އެވެ.
ހޮލެންޑްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސްއާ އެކު މިމަޝްރޫއު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު އެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ނިމުމާއި އެކު މިއަދާ ޖެހެންދެންވެސް އެ މަޝްރޫޢު ވަނީ ހުއްޓިފައެވެ.
ހުއްޓިފައިވާ މި މަޝްރޫއު އަލުން ކުރިއަށް ގެންދަން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހެވެ.
މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.