ބޮލީވުޑްގައި މަޝްހޫރު ފިލްމީ ތަރި ރަންބީރް ކަޕޫރު ކްލޯތިން ލައިނެއް ލޯންޗް ކުރަން ތައްޔާރުވެއްޖެ އެވެ.
އިންޑިޔާގެ ބޮލީވޫޑް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި ރަންބީރު ތައާރަފްކުރަން އުލޭ ކްލޯތިން ލައިން ހާއްސަކޮށްފައިވަނީ ފިރިހެނުންގެ ޒަމާނީ އެކި ފަރުމާތަކަށް ތައްޔާރުކުރެވިފައިވާ އުފެއްދުން ތަކަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ރަންބީރު ކަޕޫރުގެ ލޯބިވެރިޔާ އާލިޔާ ބަޓްވެސް ވަނީ ދާދިފަހުން ކްލޯތިން ލައިންއެއް ތަޢާރަފްކޮށްފައެވެެ. އާލިޔާގެ ކްލޯތިން ލައިންގެ ނަމަކީި "ސްތައިލް ކްރެކާ"އެވެ.