އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހެލްތް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީއިން މިއަދު ކުރި އިއުލާން އެއްގައިވަނީ ބިދޭސީ ނަރުހުންގެ ބަދަލުގައި ބޭނުންވަނީ 687 ދިވެހި ނަރުހުން ކަމަށެވެ. ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްނަމަ އަސާސީ މުސާރައަކީ 9060 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ސީނިއާ ރަޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 9،920 އިން ފެށިގެން 10,160 ދެމެދުގެ މުސާރައެއް ލިބިގެންދާއިރު، ކްލިނިކަލް ނަރުހަކަށް މަހަކު 10,660 އާއި 10,940 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އަދި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ ތެރެއިން ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްގެ އަސާސީ މުސާރައަކީ 9،360 އާއި 9،670 ރުފިޔާ ދެމެދުގެ މުސާރަ އެއް ކަމަށެވެ.

މިއަދު ކުރި އެ އިއުލާނުގައި ބުނެފަ ވަނީ ރެޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރައަކީ 9،610 ރުފިޔާ އެވެ.

މީ ނަރުހުން ހޯދުމަށް މިއަހަރު ކުރި ދެވަނަ އިއުލާންއެވެ. މިދިޔަ ފެބްރުއަރީ މަހު އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކުރުމަށް 633 ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *