ހުޅުމާލޭ ހައިވޭ މެދުގައި ހުންނަ ޑިވައިޑަރު ތަކުގައި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ އެ ވޭން ހައިވޭ މެދުގައި ހުރި ޑިވައިޑަރުތަކުގައި ޖެހުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ގޮސްފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިނަމަވެސް އެ ވޭނަށް ވަނީ އެކިވަރުގެ ގެއްލުއްތައް ލިބިފައެވެ. އަދި އެ ވޭން ކޮންޓްރޯލުން ނައްޓައިގެން ގޮސް، ޖެހުނު ޑިވައިޑަރުގެ ބައިތައް ވަނީ ހަލާކުވެފައެވެ.
ފުލުހުން ވަނީ މިހާރު އެ އެ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.