މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާގެ ރަސްމީ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:02 ހާއިރު ކާނިވާއާއި ދިމާ ރިންގް ރޯޑުގައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއްގައި ޖެހިއެވެ.
ކާރުކޮޅު އެކްސިޑެންޓްވި އިރު އޭގައި މިނިސްޓަރު އާތިފާވެސް އިންނެވިއެވެ.
މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވު ކަމަށް އަދި ކަށަވަރުވެފައެއް ނުވެއެވެ.