މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ޕޮރޮގްރާމުގައި ދަރުސްދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ފޯރަމަކީ މައުޟޫއަކީ "ރަމަޟާން" ކަމަށާއި އެ މައުޟޫއަށް ވާހަކަފުޅު ދައްކަވާ ދަރުސް ދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އިހްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފޯރަމްތައް ބާއްވާނީ ރަމަޟާން މަހުގެ ކޮންމެ ހަފްތާއެއްގެވެސް ހޯމަ ވިލޭރޭ އާއި ހުކުރުވިލޭރޭ އިސްލާމީ މަރުކަޒުގައި ކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *