ދ.އަތޮޅު ހޮސްޕިޓަލްގެ ރިކްރިއޭޝަން ކްލަބުގެ ފަރާތުން އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ރޯދަ ހަދިޔާ ދީފިއެވެ. 

ޖަޒީރާ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެ ކްލަބްގެ މެމްބަރއެއް ވިދާޅުވީ ކްލަބްގެ ފަރާތުންވަނީ ހޮސްޕިޓަލްގެ ކޮންމެ މުވައްޒަފަކަށް އަލަނާސި ދަޅަކާއި މަސްދަޅެއްގެ އިތުރުން ކަދުރު ތައްޓެއްދީފައެވެ. އަދި އޭގައި ދިވެއްސެއް އަދި ބޭރު މީހެއް އިސްތިސްނާ ކޮށްފައި ނުވާނޭކަމަށާއި ހޮސްޕިޓަލްގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހަކަށް އެ ހަދިޔާ ލިބިގެންދާނެކަން އެބޭފުލާވަނީި ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ނިންމީ މިފަހަރު ކްލަބުގެ ބަޖެޓުން ހުރިހާ މުވައްޒަފުންނަށް ރޯދަ ހަދިޔާ ބަހަން. އެއީ އަދި އަޅުގަނޑުމެންނަށް އަލަށް ކުރެވިގެންދިޔަ ކަމެއް. މި ރޯދަ ހަދިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ބޭރު މީހުންނާއި ދިވެހިންނަށްވެސް ލިބިގެން ދާނެ" ކްލަބްގެ މެމްބަރު ވިދާޅުވިއެވެ.

ދ. އަތޮޅު ހޮސްޕިޓަލް ފާހަގަކުރެވިފައިވަނީ ވަރަށް ހިންގުންތެރި މުވައްޒަފުން އުޅޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ. އެ ގޮތުން އެބޭފުޅުންވަނީ ނިިގެންދިޔަ ތެލަސީމިޔާ ދުވަސްވެސް އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ވަރަށް ކުރިއަށް ގެންގޮއްސައެވެ.

 

އެ ހޮސްޕިޓަލްގެ ކޮމިޔުނިކޭޝަން އޮފިސާރ ވިދާޅުވީ އެބޭފުޅުން ކޮންމެ އަހަރަކުވެސް އެފަދަ ހާއްސަ ދުވަސްތައް އަބަދުވެސް ފާހަގަކުރަމުން އަންނަ ކަމަށެވެެ. އެ ގޮތުން ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް އަތޮޅުގެ ކޮންމެސް އެއްރަށެއްގައިކަމަށާއި އެގޮތުން މިފަހަރު އެ މުނާސަބާ ފާހަގަކުރަނީ އެ އަތޮޅު ބަނޑިދޫގައިކަމަށެވެ. އެ ގޮތުން އެ ހަރަކާތުގެ ތެރެއިން ތެލެސީމިޔާއަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު އެކި ހަރަކާތްތައްވަނީ ކުރިއަށް ގެންގޮއްސައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *