"ސީއާރުސީކަޕް" ގެ ނަމުގައި ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ސީއާރުސީކަޕްގައި ކަސްޓަމްސްގެ ފަރާތުން ޖުމްލަ 9 ޓީމެއް ބައިވެރިވެފައިވާއިރު، އެ ފުޓްސަލް މުބާރާތް ވަނީ އިއްޔެ ހެންވޭރު ޓާފް ދަނޑުގައި ފަށައިފައެވެ. 

ސީއާރުސީކަޕްގެ މެޗުތައް ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން 18:00 އަށް ހެންވޭރު ޓާފް ދަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު، އެ ނުވަ ޓީމު ވަނީ ތިން ގުރޫޕަކަށް ބަހާލާފައެވެ. 

އެގޮތުން، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 18 ވަނަ ދުވަހެވެ.

ސީއާރުސީކަޕަކީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި 2000 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ސީއާރުސީ ކަޕް ފުޓުސަލް މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް ވެސް މެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *