ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސިދާތް މަލްހޯތްރާ އަދި ކިއާރާ އަދުވާނީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޝޭރުޝާހް"ގެ ޝޫޓިންތައް ފަށައިފިއެވެ.
"ޝޭރުޝާހް" މިފިލްމަކީ ވިޝްނޫ ވަރުދާން ޑައިރެކްޓްކުރާ އަދި އަދި ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސް ކުރާ ފިލުމެކެވެ. އެ ފިލްމުގެ ޝޫޓިންތައް ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހެވެ. އަދި އެކަން ވަނީ ރަސްމީކޮށް އެ ފިލުމުގެ ޓެކްނިކަލް ޓީމުން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.
"ޝޭރްޝާހް" އަކީ އިންޑިއާގެ ކަރުގިލް ހަނގުރާމައިގެ ބަތަލު ކެޕްޓަން ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ވިކްރަމްގެ ރޯލު ސިދާތު ކުޅޭ އިރު، އޭނާ ވަނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަސްކަރީ ތަމްރީނުތަކެއް ވެސް ހަދައިފައެެވެ.
އެ ފިލުމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު، އެފިލްމު ރިލީޒުކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވިއަސް، އިންޑިއާގެ ބައެއް ނުސްތަކުން ލަފާކުރާ ގޮތުގައި، މިއަންނަ އަހަރުގެ މެދު ތެރޭގައި އެ ފިލްމު ސިނަމާތަކަށް އަންނާނެއެވެ. "ޝޭރުޝާހް" ވެގެންދާނީ ސިދާތު އަދި ކިއާރާ އެކީ ފެނިގެންދާ ފުރަތަމަ ފިލުމަށެވެ.