ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީ، ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / އުނިތޮށިގެ، ޢަލީ ނާޘިމް (47އ) އެވެ.
ފުލުހުން ވަނީ ޢަލީ ނާޘިމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާކުރެއްވުމަށް އެދިފައެވެ.
ފުލުހުން ވަނީ މިފަދަ ކަންތައްތަކުގައި އާންމުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.