ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ދިޕިކާ ޕަޑުކޯނަށް، "ކިކް 2" ބަތަލާގެ ރޯލް ހުށަހަޅައިފިއެވެ.

އިންޑީއާގެ ބައެއް ބޮލީވުޑް ހަބަރުތައް ފަތުރާ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ކިކް ދޭއްގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ވަނީ އެ ފިލްމުގެ ބަތަލާއެއްގެ ރޯލު ކުޅުމަށް ދިޕިކާއަށް ހުށަހަޅައިފައެވެ. ދިޕިކާ އެ ފިލްމު ކުޅޭނެކަން އަދި ކަށަވަރު ނުވިއަސް، ދިޕިކާ ކިކް 2 އިން ފެނިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދިޕިކާ ޕަޑުކޯނު މިހާރު މަސައްކަތް ކުރަމުންދަނީ، މެގްނާ ގުލްޒާރުގެ "ޗަޕާކް" ފިލުމުގައެވެ. ބައެއް އިންޑިއާ ނޫސްތަކުން ބުނެފައިވާ ގޮތުން ކުރިން ކަންގްނާ ކުޅެން ހަމަޖެހިފައިވާ ފިލްމު "އިމާލީ" އިން ވެސް ކަންގްނާގެ ބަދަލުގައި ފެނިގެންދާނީ ދިޕިކާއެވެ. "އިމާލީ" އަކީ އަނުރާގު ބާސޫ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ދިޕިކާ ޕަޑުކޯން މިވަގުތު ހުރީ، "މެޓް ގާލާ"ގައި ބައިވެރިވުމަށް އެމެރިކާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *