ޚަބަރު
ލ. އަތޮޅުގައި ހަތަރު ރިސޯޓު ތަރައްގީ ކުރާނަން: ފައިސަލް

ލ. އަތޮޅުގައި ހަތަރު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫއިން ޕީއެންސީގެ ޗެއާޕާސަން އަދި ފައިސަލްގެ ބައްޕަ އިބްދުއްރަހީމް އަބްދުﷲ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށްފަހު އެވެ.

ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އެ އަތޮޅުގައި ‘ވަން އައިލެންޑް’ ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމުގެ މަޝްވަރާތައް ބޭރުގެ ފަރާތްތަކާއި އެކު ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ކުރިއަށް އިތް ހަފްތާއެއްގެ ތެރޭގައި ދުބާއީ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. މާފަރު ފަޅުތެރޭގައި އޮތް ރަށެއް ކުއްޔަށް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަމު. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމްކުރާނަން.

މީގެ އިތުރުން ފައިސަލް ވަނީ މާފަރު ކައިރީގައި ހަދާ ރިސޯޓު ކުރިއަށް އޮތް 2 ނުވަތަ 3 އަހަރުގެ ތެރޭގައި ނިމޭނެކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވެފަ އެވެ. އަދި ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް އެ ތަނުގައި ޖެޓް ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ފައިސަލް ވިދާޅުވީ މިކަންކަމަށް ލާމުގެ ޒުވާނުން އެއްވެސް ވަރަކަށް ޝައްކު ކުރާނެކަމެއް ނެތް ކަމަށާއި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފާޑު ކިޔަންވީ ކަމަށާއި އޭނާގެ ހިތްވަރު ހުންނާނެކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އާދައިގެ އާއިލާއަކުން އައި މީހަކަށް ވުމުން ފާޑު ކިޔާނެ ކަމެއް ނެތް ކަމަށާއި އެއްވެސް އެއްޗެއް ހިތަށް ނާރާނެކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top