މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
މިރޭ ގާތްގަނޑަކަށް 10 ޖެހިއިރު މުޅި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އެ މައްސަލަ ބަލަމުން ދާ ކަމަށާއި ވީީހާވެސް އަވަހަށް އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ދިމާވީ ކޮން ޓެކްނިކަލް މައްސަލައެއް ކަމެއް ނުވަތަ މައްސަލަ ޙައްލުކުރަން ނަގާނެ އިރެއް ލަފާކޮށްފައި ސްޓެލްކޯއިން އެއްޗެއް ނުބުނެއެވެ.