ދިވެހިރާއްޖޭގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން ހިފަހައްޓައިފައި ތިބި ސްރީ ލަންކާގެ މަސްވެރިން ދޫކޮށްލަން ދިވެހިރާއްޖޭގެ ސަރުކާރުން ނިންމައިފައެވެ.

މި ނިންމުން ނިންމައިފައިވާކަން ހާމަވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެން، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި ބައްދަލުކުރެއްވުމަށްފަހު، މިއަދު ރާޖަޕަކްސާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ނިންމައިފައިވަނީ ރާއްޖޭގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި ހުރި ސްރީ ލަންކާގެ ހަތަރު ބޯޓާއި އެ ބޯޓުގައި ތިބި މަސްވެރިން ދޫކޮށްލުމަށް ކަމަށެވެ.

މި ޓްވީޓުގައި ދޫކޮށްލަން ހަމަޖެހިފައިވަނީ ކޮން އިރަކު ހިފަހައްޓައިފައިވާ ބޯޓުތަކަކާއި މަސްވެެރިންތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްކަމަށްވާ، ހއ.ކެލާއާއި ދިމާލުން ބޭރުން ކޯސްޓު ގާޑުން ވަނީ ސްރީ ލަންކާގެ ހަތަރު މަސްބޯޓެއް ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފަހައްޓައިފައެވެ.

ދިވެހިރާއްޖޭގެ އިގުތިޞާދީ ކަނޑުގެ ސަރަހައްދުން އެންމެ ގިނައިން ގަވައިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހުއްޓުވާފައިވާ މަސްބޯޓުތަކަކީ ސްރީ ލަންކާގެ މަސްބޯޓުތައްކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *