އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަށް އިއްޔެ ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ފަރާތުން ލިބުނު ފިރިހެން ދަރިފުޅު ފުރަތަަމަ ފަހަރަށް މީޑިއާއަށް ދައްކާލައި، ދަރިފުޅަށް ކިޔާނެ ނަން ޢާންމުންނަށް ހާމަކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ރާނީ، އެލިޒަބަތް ދަ ސެކަންޑްގެ މުނި މާމަ ދަރިއަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ "އާރޗީ ހެރިންސަން މައުންޓްބެޓެން-ވިންޑްސަރ"އެވެ. މިއީ އިނގިރޭސި ވިލާތުގެ ރާނީއަށް ލިބުނު 8 ވަނަ މުނިމާމަ ދަރިފުޅެވެ.

މިއީ ޕްރިންސް ހެރީއަށްވެސް، މޭގަން މާކަލްއަށްވެސް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެންމެ ފުރަތަމަ މި ދެ މީހުންގެ ދަރިފުޅުގެ ފޮޓޯ ޢާންމުކޮށްފައި ވަނީ މީސްމީޑިއާގެ މަންސައެއްކަމަށްވާ، އިންސްޓަގްރާމްގެ ޒަރިއްޔާއިންނެވެ. މި ގޮތުން އެމީހުންގެ ރަސްމީ އިންސްޓަގްރާމް ޕޭޖް، "SussexRoyal@" ގައި ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅު މުޅި ދުނިޔެއަށް ވަނީ ދައްކައިލިއެވެ.

މޭގަން ބުނިގޮތުން އޭނާގެ ދަރިފުޅަކީ ވަރަށް ލޯބި، ވަރަށް މަޑުމަޑުން އޮންނަ ކުއްޖެކެވެ.

ޝާހީ އާއިލާއަށް އުފަންވި ފިރިހެން ދަރިފުޅު އާންމުންނަށް ދައްކާލުމުގެ ރަަސްމިއްޔާތުގައި މުޅި ޝާހީ އާއިލާ ކަހަލަ ގޮތަަކަށް ވަނީ ބައިވެރިވެފައެވެ. މުޅި ޝާހީ އާއިލާވެސް ފެނިގެންދަނީ ވަރަށް އުފާވެރިކަމާއެކު އެ އާއިލާއަށް ލިބުނު އާ މެންބަރަށް މަރުހަބާ ކިޔާ މަންޒަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *