އެއްދުވަހަކު މީހަކު ޙަސަލް އަލް ބަޞްރީގެ އަރިހުން ސުވާލު ކުރެއްވިއެވެ. ދީންވެރިކަމުގެ ސިއްރަކީ ކޮބައިކަން ނިކަން ތިމަންނައަށް ކިޔައިދީ ބަލާށެވެ. 

އެހިނދު ޙަސަން އަލް ބަޞްރީ ވިދާޅުވިއެވެ. ދީންވެރިވެ ތަގުވާވެރިކަންމަތީ އުޅޭ މީހަކަށް ހަތަރު ކަމެއް ހުއްޓެެވެ. އެގޮތުން ފުރަތަމަ ކަަަަމަކީ އެފަދައިން ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާ އަޅާއަށް އެމީހަކަށް ލިބިފައިވާ ރިޒުގު ނޫނީ ނިއުމަތެއް އެހެން މީހަކަށް ނިގުޅައި ނުގަނެވޭނެ ކަމުގެ ޔަގީންކަން އޮންނާނެއެވެ. މީހަކު އޭނާގެ މުދާ ފޭރިގަތް ކަމުގައި ވިޔަސް ހެވެއެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އެމީހަކަށް އެއަށްވުރެ ފުދުންތެރިކަން ދެއްވާނެތެވެ. 

ދެވަނަ ކަމަކީ އެހެން މީހަކަށް ތިބާގެ އަމަލުތައް ނުކުރެވޭނެ ކަމެވެ. ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނީ ތިބާ ކުރާ ހެޔޮ އަމަލަކުންނެވެ. މީގެ އިތުރުންވެސް ހަސަން އަލް ބަޞްރީ ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު ކުރާ ކޮންމެ އަމަލެއްވެސް ﷲ ސުބުޙާނަޙޫ ވަތައާލާ ބައްލަވާ ވޮޑިގެންވާކަން ތިމަން ދަންނަމެވެެ. އެއީ ކިތަންމެ ކުޑަ ނޫނީ ބޮޑު އަމަލަކަށް ވިނަމަވެސް ހެވެއެވެ. ތިމަންކުރާ ކޮންމެ އަމަލެއްވެސް ކުރަނީ އެކަން އެނގި ދަންނަ ހާލުގައެވެެ.

އަދި ހަމައެެހެންމެ މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ އެއްޗެއްކަން އެކަލޭގެފާނު ދަންނަ ކަމުގައި ވިދާޅުވިއެވެެ. އެ ގޮތުން އެންމެ ކައިރީގައި އަދި ދުރުގައިވެސް ވަނީ މަރު ކަމަށާއި، އެ ގޮތުން އެކަލޭގެފާނު ކުރާ ކޮންމެ އަމަލެއްވެސް ކުރަނީ މަރަށް ތައްޔާރު ވެގެންވާ ހާލުގައިކަމަށް އެކަލޭގެފާނާއި ސުވާލުކުރެއްވި ބޭފުޅާއަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. 

ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހަސަން އަލް ބަޞްރީ ފަދައިން މާތްﷲ އަށް ބިރުވެތިވެ ކުރާ ކޮންމެ އަމަލެއްވެސް ހެޔޮ ގޮތުގައި ކުރުމަށް މަސައްކަތްކުރާ މީހަކަށް ވާން އަޒުމް ކަނޑައަޅާށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *