ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އާއިޝަތު ޝާން ޝާކިރު ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ނައިބް ރައީސް ފައިޞަލް ނަސީމްއަށް އަރުއްވާފައެވެ.

އަދި ދެބޭފުޅުން ވަނީ އެމްބަސީއަށް ހުށަހަޅާ ކޮންސިއުލަރ މައްސަލަތަކާއި އިތުރު އެކި ދާއިރާތަކުން ބަންގްލަދޭޝްއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *