ޖަރާސީމު ހިމެނޭ ޗީޒްގެ ދެ ބާވަތެއް ރާއްޖެ އެތެރެކޮށްފައިވާތީ، އެތަކެތި ރާއްޖޭގައި ވިއްކުން މަނާ ކޮށްފިއެވެ.

ޖަރާސީމުގެ ބާވަތެއްކަމަށްވާ "އީކޮލައި" ހިމެނޭ ކަމަށްބުނެ ރާއްޖޭގައި ވިއްކުން މަނާކޮށްފައިވަނީ، ޔޫރަޕުން ރާއްޖެއަށް އެތެރެކޮށްފައިވާ ފްރާންސްގެ ދެ ބާވަތެއްގެ ޗީޒް، "ސެއިން ފެލިސިއޭން" އާއި "ސެއިން މާސެލައިން" އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފްރާންސްގެ، އެބާތްތަތަކުގެ ޗީޒް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް އިން އަދި ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ. 

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ދެ ބާވަތުގެ ޗީޒް ބާޒާރުތަކުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. 31 މޭ 2019 އިގެ ނިޔަލަށް މުއްދަތު ހަމަވާ ފްރާންސްގެ މި ދެ ބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. އަދި، މި އުފެއްދުން ވިއްކަން ހުރިކަން ފާހަގަ ކުރެވިއްޖެނަމަ އެ އޮތޯރިޓީއާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *