ސްރީލަންކާގައި ދިރިއުޅެފައި ރާއްޖެ ބަދަލުވި ދިވެހި އާއިލާތަކުގައި ހިމެނޭ ކިޔަވާ ކުދިންނަށް، އޮންނަ އުސޫލުގެ ދަށުން މާލޭގެ ސުކޫލުތަކަށް ވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ރާއްޖެ ބަދަލުވި ކުދިން ސްކޫލަށް ވެއްދުމަށް ހުށަހެޅުމުން، އެ މިނިސްޓްރީން އެފަދަ ކަންކަން ކުރިއަށް ގެންދާ އުސޫލުތަކުގެ މަތިން އެ ފުރުސަތު ދެވޭނެ ކަމަށެވެ.
ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި، ބޮމުގެ ހަމަލާތަކުގެ ސަބަބުން ލަންކާގައި ދިރިއުޅެމުންގެންދާ ވަރަށް ގިނަ ދިވެހި އާއިލާތަކެއް ވަނީ އަނބުރާ ދިވެހިރާއްޖެ އަށް ބަދަލުވެފައެވެ.
އެބޮމުގެ ހަމަލާތަކުގެ ސަބަބުން ވަނީ، އެގައުމުގެ ސަލާމަތީ ކަންކަން ވަރަަށް ވަރުގަދަކޮށްފައެވެ. އެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.