ރޭ މޫކައި ސުއިޓްސްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ހޮޓެލްގައި ހުރި އޮފީސްތައް ބަންދުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ ހޮޓެލުން ވަނީ ރޭ މީހުންވެސް ހުސްކޮށްފައެވެ. އަދި މިއަދު އެ ހޮޓެލްގައި ހުރި އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ. މޫކައި ސުއިޓްސް އަކީ 10 ބުރިއަށް ނަގާފައި ހުރި ހޮޓެލެކެވެ. އެ ހޮޓެލްގައި ހިންގާ އޮފީސްތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަންއާއި އެންސްޕާ ހިމެނެއެވެ.

މޫކައި ސޫޓްސްގައި އަލިފާން ރޯވީ، ގްރައުންޑް ފްލޯގައި ހުރި ކޭބަލް ތަކެއްގައެވެ. އަދި، އެކަމުގެ އަސަރުވަނީ ހުރިހާ ފުލޯއަކަށް ވެސް ކޮށްފައެވެ. 

ހާދިސާ ހިނގިތާ ގާތްގަނޑަކަށް އެއްގަޑިއިރުފަހުން ދުން އެރުން ވަނީ ހުއްޓިފައެވެ. ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *