އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަންކުރި ކުރެއްވި ތިލްމީޒާ ހުސެއިން، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި އެވެ.
އެކަމަނާ ސަފީރުކަމާއި ހަވާލުވެވަޑައިގަތީ އިއްޔެއެވެ. އެ ގޮތުން އިއްޔެ ވަނީ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާ އަށް އަރުވައިފަ އެވެ.
ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ.
މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ. ތިލްމީޒާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން އެމެރިކާގެ ޔުނިވާސިޓީއަކުންނެވެ.
އެކަމަނާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަސްމީކޮށް ފަތްކޮޅު އަރުވާނެ އެވެ.