ސައުދީން ހަދިޔާކުރި ކަދުރުން މާލޭގެ ގޭބީސީތަކަށް ކަދުރު ބަހަން ނިންމާފައިވަނީ އާދިއްތަ ދުވަހު ކަމަށް މާލެ ސިޓީ ކައުންސިލްއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެ އިދާރާއިން ނެރެފައިވާ ބަޔާނުގައވަނީ މާލެ ސިޓީގެ ގޭބީސީތަކަށް ބެހުމަށް އިސްލާމިކް މިނިސްޓްރީން އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ 4268 ކަދުރު ޕެކެޓުކަމަށެވެ. އެ ގޮތުން އެބޭފުޅުން ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިދިޔަ އހަަރުގައި އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުން ކަމަށެވެ.

ގޭބީސީތަކަށް ކަދުރު ބެހުމުގައި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންދަންޖެހެއެވެ. ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދޭނެކަމަށްވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި ކަދުރާއި ހަވާލުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުންވެސް ޝަރުތުގައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކަދުރު ދޫކުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލްގެ އާންމު ޙިދުމަތްތަކާއި ބެހޭ ސެކްޝަނުން ކަމަށެވެ. ކަދުރު ދޫކުރާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30ން މެންދުރު 12:30ށެވެ. އަދި ރޭގަނޑު 9:00ން 10:30އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ހެނދުނު 9:30 ން މެންދުރު 12:00އަށް ކަދުރު ބަހާނެ ކަމަށާއި ހަމަ އެދުވަހުގެ ރޭގަނޑު 9:00އިން 10:30އަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްއިން ހާމަކުރައްވާ ގޮތުގައި ގޭބީސީތަަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *