ދާދި ފަހުން އިންޑިއާއަށްއެރި ބާރުގަދަ ތޫފާނުގައި އޮޑިޝާ ސްޓޭޓްއިން ގެއްލުން ލިބުނު އާއިލާތަކަށް މަޝްހޫރު ފިލްމީރަތި އަކްޝޭކުމާރު އެހީތެރިވެއްޖެއެވެ. 

އެ ގޮތުން އެ އާއިލާތަކަށް އެހީވުމަށް އަކްޝޭވަނީ އެއްހާސް ކްރޯޑް ދީފައެވެ. 

އިންޑިއާއަށް އެރި އެ ބާރުގަދަ ތޫފާނުގައި ވަނީ އެތައް ބައެއްގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައެވެ. އިންޑިއާގެ ބައެއް ރިޕޯތްތައް ބުނާ ގޮތުގައި އެ ތޫފާނުގައިވަނީ އެ އަވަށުގެ 12 މީހަކު މަރުވެފައެވެ. 

އިންޑިއާއަށް އެރި އެ ތޫފާނަށް ނަން ދީފައި ވަނީ ތޫފާން 'ފަނި'ގެ ގޮތުގައެވެ. ތޫފާން ފަންޏަކީ ފާއިތުވި ފަސް އަހަރުތެރޭ އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *