ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގދ. ގައްދޫ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ ކިބައިން އެހީތެރިަކަމަށް އެދިއްޖެއެވެ.
އެގޮތުން އެމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. ގައްދޫ / ކެންނާރިގެ، މުޙައްމަދު ޙާފިޘް (34އ) އެވެ.
އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭ ނަމަ ލަސްނުކޮށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.